ރަސްމީ ދަތުރުފުޅެއްގައި ޢަބްދުއްރަޙީމް ސަޢޫދީ ޢަރަބިއްޔާއަށް

ސަން

19 ޖެނުއަރީ 2026 | ހޯމަ | 9:20

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މަޖިލީހުން ބުނި ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުން ބުންޏެވެ.

މައުޟޫޢުތަށް