އައްޑޫ ފޭދޫން ފެން ކެނޑުމަށްފަހު ލިބުނީ 8 ގަޑިއިރު ފަހުން

ސަން

19 ޖެނުއަރީ 2026 | ހޯމަ | 11:19

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ފޭދޫ އަވަށުން އަށް ގަޑިއިރަށް ފެން ކެނޑިއްޖެއެވެ.

މިއަދު މެންދުރުފަހު ދޭއް ޖަހާކަން ހާއިރު ފޭދޫން ފެން ކެނޑުނުއިރު، ފެން ލިބުނީ މިރޭ 10ގެ ފަހުންނެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާއު 'ސަން'އަށް މިރޭ ވިދާޅުވީ، ކެނޑުނީ ފާޚާނާތަކުގައާއި، ޒަރޫރީ ބޭނުމަށް ބޭނުންކުރާ ފެން ކަމަށެވެ.

މައުޟޫޢުތަށް