ވޯޓާޕާކު ހިމެނޭހެން އެތައް ޚިދުމަތަކާއެކު، ކަމަދޫގެ "ކާނި ބީޗު" ހުޅުވައިފި

ސަން

19 ޖެނުއަރީ 2026 | ހޯމަ | 11:55

ބީޗަކުން ލިބެންހުންނާނެ ހުރިހާ ޚިދުމަތަކާއެކު، ބ. ކަމަދޫގެ ވޯޓާޕާކާއި "ކާނި ބީޗު" މިއަދު ހުޅުވައިފިއެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު 'ސަން'އަށް މިރޭ ވިދާޅުވީ، އެރަށުގެ ލޯކަލް ބީޗާއި ވޯޓާޕާކު ހުޅުވީ ހުރިހާ އުމުރުފުރައަކަށް ވެސް ހިތްހަމަޖައްސާލެވޭނެ ވަސީލަތްތަކާއެކު ކަމަށެވެ.

ޒަރީރު ވިދާޅުވީ ހުރިހާ އުމުރުފުރައަކަށް ޚާއްސަކޮށް ގޮނޑިއާއި، މޭޒާއި، ޖޯއްޔާއި، އުނދޯލީގެ އިތުރުން ހަޓުތައް ވެސް ބީޗުގައި ހުންނާނެ ކަމަށެވެ. ހަމައެއާއެކު ބާބަކިއު ހަދާ ފަރާތްތަކަށް ޚާއްސަކޮށް އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް މަސްކަނޑާ ތަނެއްވެސް ތަރައްގީކޮށްފައި ހުންނާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

މައުޟޫޢުތަށް