އެންމެ ފަހުން އަދާލަތުގެ ރައީސަކަށް ވާދަކުރައްވާ އިކްރާމް، އިންތިޚާބު ބޮއިކޮޓްކޮށްފި

ސަން

20 ޖެނުއަރީ 2026 | އަންގާރަ | 10:02

އަންނަ ހަފުތާގެ ހޮނިހިރު ދުވަހު އަދާލަތު ޕާޓީގެ ރައީސަކު ހޮވަން ބާއްވާ އިންތިޚާބު ބޮއިކުރުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީގެ ރައީސަކަށް ވާދަކުރައްވާ ޑރ. އިކްރާމް އަބްދުއްސައްތާރު މިއަދު ވިދާޅުވެއްޖެއެވެ.

އިކްރާމްގެ ކެމްޕެއިން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ޕާޓީގެ ރައީސަކު ހޮވާ އިންތިޚާބު ބޮއިކޮޓް ކުރައްވަން ޖެހުނީ އިންތިޚާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ، ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ.

މިގޮތުން، ޚުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ކޮންމެ ގޮތެއް ހަދައިގެން އިންތިޚާބުން ބޭނުންވާ ނަތީޖާ ނެރެން ރާވާފައިވާކަން ކަށަވަރުވެފައިވާ ކަމަށް އިކްރާމް ތުހުމަތުކުރެއްވިއެވެ.

މައުޟޫޢުތަށް