ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ހެދި ބަޖެޓުން ޚަރަދުކުރީ އެންމެ 11 ޕަސެންޓު!
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 10:09
ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގައި މާ ކުރިން އިއުލާނުކޮށް، ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައި ނަން ދިން މިދިޔަ އަހަރުގެ ބަޖެޓުން ބޯހިޔާވަހިކަމަށް ޚާއްސަކުރި ފައިސާގެ 89 ޕަސެންޓް އޮތީ އަތްނުލާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ ބަޖެޓު ސަރުކާރުން ހުށަހެޅީއިރު ވަނީ ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައި ނަން ދީފައެވެ.
ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމުލަ 1.8 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައެވެ. އެއީ، މީގެ ކުރިން ބޯހިޔާވަހިކަމަށް އެއްވެސް ބަޖެޓެއްގައި ޚާއްސަކޮށްފައިވާ އަދަދެއް ނޫން ކަމަށް ވިދާޅުވެ، އެއީ ރިކޯޑެއް ކަމަށް ވެސް ސަރުކާރުން އޭރު ބުންޏެވެ. އެކަމަކު، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް މިއަދު އާންމުކުރިއިރު، އެ ބަޖެޓުގެ ބޮޑުބައި އޮތީ އަތްނުލައެވެ.