މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީއަށް ޖެހި އަދަދުގެ 33 ޕަސެންޓު ނުލިބޭ!
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 10:24
އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނިމުނު 2025 ވަނަ އަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި އަދަދުގެ 33 ޕަސެންޓު ނުލިބޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ހިސާބުކުރިއެވެ.
އެކަމަކު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ އަދަދު، އަންދާޒާއާ ގާތް ވެސް ނުކުރެއެވެ. އެ ގޮތުން، މިދިޔަ އަހަރު ނިމުންއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ 3.08 ބިލިއަން ރުފިޔާއެވެ. އެއީ، ހިސާބުކުރި އަދަދުގެ 67 ޕަސެންޓެވެ. އެހެންވެ، ބާކީ 33 ޕަސެންޓެއް ނުލިބުނެވެ.