ގައުމީ ވިސްނުން ހަރުދަނާކުރަން ރައީސް އިސްކަންދެއްވަނީ ދިވެހީންގެ ސަލާމަތަށްޓަކައި: އާދަމް ނަސީރު
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 11:14
ދިވެހީންގެ ހިތްތަކުގައި ޤައުމީ ވިސްނުން ހަރުދަނާކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވަނީ ދިވެހީންގެ ސަލާމަތް ކަށަވަރު ކުރެއްވުމަށްޓަކައި ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ހުރިހާ ޒަމާނެއްގައި ދުނިޔޭގައި ދައުލަތެއް އުފެދެނީ ޤައުމެއް ދިފާއުކުރުމަށް ކުރެވޭ މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.
އެ ދައުލަތެއް ދެމިއޮންނަނީ ގައުމުގެ ދިފާއުގައި މެދުނުކެނޑި ކުރާ ޚާއްސަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށާއި އެ ކަމުގައި އެތައް ބައެއްގެ ފުރާނަ ޤުރުބާންކުރަން ޖެހޭ ކަމަށް އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ.