ޝަހީދުންގެ ދުވަސް ފާހަގަކުރަން ޚާއްސަ ސިންތާއެއް ބާއްވައިފި

ސަން

20 ޖެނުއަރީ 2026 | އަންގާރަ | 11:31

މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޚާއްޞަ ސިންތާއެއް ރޭ ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮތް މި ހަރަކާތުގައި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ޝަހީދުންވެވަޑައިގެންނެވި ބޭފުޅުންގެ ޤުރުބާނީގެ މައްޗަށް ތިން ދާއިރާއަކުން އަލިއަޅުވާލިއެވެ.

އެއީ، ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރަން ދިމާވި މައިގަނޑު ހާދިސާތަކާއި މި ފަދަ ހާދިސާތައް މެދުވެރިވާން ދިމާވި އެކި ސަބަބުތަކާއި އެ ހާލަތްތަކުގައި ދީނާ ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަބުޠާލުންނާއި ޝަހީދުވި ބޭފުޅުންގެ ޤުރުބާނީން ލިބިގަންނަވި އިބްރަތްތައް ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް