ދިރާގުގެ ރޯދަ ރެޑީ: ކޮންމެ ދުވަހަކު 5،000 ރުފިޔާގެ ޝޮޕިން ވައުޗަރެއް ދޫކޮށް، ކޮންމެ ހަފުތާއަކު އިނާމުތަކެއް
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 1:33
ދިރާގުން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ އިނާމުތަކަކާ އެކު "ރޯދަ ރެޑީ" ޕްރޮމޯޝަނެއް މިއަދު އިއުލާންކޮށްފައެވެ.
ދިރާގުން ބުނީ، ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ ރޯދަމަހަށް ޚާއްސަކޮށްގެން މި މައްސަރުގައި ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އެގޮތުން، މި ޕްރޮމޯޝަނުގެ ދަށުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ތަފާތު ގިނަ ފުރުސަތުތަކެއް ދިރާގުން ވަނީ ތައާރަފުކޮށްފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ކޮންމެ ދުވަހާއި ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ދީފައެވެ.