ގާޒީކަމުން ވަކިކުރި ފާއިޒް، ޑުރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަންވަރު ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު

ސަން

20 ޖެނުއަރީ 2026 | އަންގާރަ | 2:57

ސުލޫކީ ފިޔަވަޅު އަޅައި ގާޒީކަމުން ވަކިކުރި ހުސައިން ފާއިޒް ރަޝާދު، ޑުރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ކްރިމިނަލް ކޯޓުން ވަކިކުރި ގާޒީ ފާއިޒް މަގާމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅީ، އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަންވަރުގެ މައްސަލަ ހައިކޯޓުން މިއަދު ނިންމިއިރު، އެ މައްސަލަ އެންމެ ފުރަތަމަ ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ. އެ މައްސަލަ ފުރަތަމަ އިސްތިއުނާފުކުރުމުން، ހައިކޯޓަށް ބަލައި ނުގަންނަން ނިންމީ ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ސަހުނާ އަބްދުއްސަމަދުއެވެ. މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމުން، ދައުލަތުން އަލުން ހުށަހެޅުމުން މައްސަލަ ބަލައިގަތީ ފަނޑިޔާރުންގެ ބެންޗުގެ ނިންމުމަކުންނެވެ.

މައުޟޫޢުތަށް