މީދާ މެރުމުގެ ޕްރޮގްރާމަށް 31،000 ޚަރަދުވިއިރު، 80 މީދާ މަރުވި: ސިޓީ ކައުންސިލް
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 2:48
މާލޭގައި އުޅޭ މީދާ ގިނަވެ، މާލޭގެ އެކި ތަންތަނުގައި މީދާ ބޭސް ބަހައްޓަން މާލޭ ސިޓީ ކައުންސިލުން މިދިޔަ މަހު ކުރިއަށްގެންދިޔަ ޕްރޮގްރާމަށް 31،000 ރުފިޔާ ޚަރަދުވިއިރު، 80 މީދާ މަރުވެފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މާލޭގައި މީދާ ގިނަވެ، މީދާ މެރުމުގެ ހަރަކާތެއް ސިޓީ ކައުންސިލުން ފެށީ މިދިޔަ މަހު 16 ގައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން އެދުނު މައުލޫމާތުތައް ފޯރުކޮށްދެމުން ސިޓީ ކައުންސިލުން މިއަދު ބުނީ، އެ ޕްރޮގްރާމްގެ ދަށުން 49 ތަނެއްގައި މީދާ ބޭސް ބަހައްޓާފައިވާ ކަމަށެވެ. މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮގްރާމްގެ ދަށުން ބެހެއްޓި މީދާ ބޭސްތަކުގެ ސަބަބުން 80 މީދާ މަރުވެފައިވާ ކަމަށް ވެސް އެ ހިސާބުތަކުގައިވެއެވެ.