މިހާތަނަށް ރޯދަ ހަދިޔާއަށް ބަހަން 115،078 މަސް ކޭސް އުފެއްދިއްޖެ، ބާކީ މި ހަފުތާ އުފައްދައި ނިމޭނެ: މިފްކޯ

ސަން

20 ޖެނުއަރީ 2026 | އަންގާރަ | 6:17

މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް 115،078 މަސް ކޭސް މިހާތަނަށް އުފެއްދިއްޖެ ކަމަށާއި ބާކީ އުފައްދަން ޖެހެނީ 3،899 މަސް ކޭސް ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.

މިފްކޯގެ ޕަބްލިކް ރިލޭޝަންސްގެ ސީނިއާ މެނޭޖަރު ޝިފްޒާ މުސްތަފާ މިއަދު 'ސަން'އަށް ވިދާޅުވީ، މިހާތަނަށް ރޯދަ މަހު ބަހާ 115،078 މަސްކޭސް އުފެއްދިފައިވާ ކަމަށެވެ. މި އަހަރުގެ ރޯދަ ހަދިޔާއަށް 118،977 މަސް ކޭސް ބަހަން ނިންމާފައިވާއިރު، ބާކީ އުފައްދަން ޖެހެނީ 3،899 މަސް ކޭހެވެ.

ކުރިން އެ ކުންފުނިން ބުނީ، މަސް ކޭސްތައް އުފެއްދުމުގެ މަސައްކަތް މި މަހު 15އަށް ނިމޭނެ ކަމަށެވެ. ޝިފްޒާ ވިދާޅުވި ގޮތުގައި، އެ ތާރީޚަށް ނުނިމި ލަސްވީ، މި ދުވަސްވަރު ގައުމީ ބާޒާރުގައި ޑިމާންޑު އިތުރުވާތީ އެ ތަން ފޫބައްދަން ޖެހުމުންނެވެ.

މައުޟޫޢުތަށް