އައިކެއާގެ އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ދަނީ

ސަން

20 ޖެނުއަރީ 2026 | އަންގާރަ | 3:45

މި މަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ އުމްރާ ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އައިކެއާއިން މިއަދު ބުނެފިއެވެ.

"ވިން އަ ރަމަޟާން އުމްރާ ޓްރިޕް" ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބަރަކާތްތެރި ރަމަޟާން މަހު ދެ މީހަކަށް އުމްރާ ދަތުރެއް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އައިކެއާގެ ކޮންމެ އައުޓްލެޓަކުން ވެސް 1,000 ރުފިޔާއިން ފެށިގެން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ކުރާ ކޮންމެ 1,000 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ކޫޕަންތައް ފުރުމަށް ފަހު އައުޓްލެޓްތަކުގައި ހުންނަ ފޮއްޓަށް ލާންޖެހެއެވެ.

މައުޟޫޢުތަށް