އަހަރެއްހާ ދުވަސް ފަހުން ޔާމީންގެ އެއް މިލިއަން ޑޮލަރުގެ މައްސަލައިގެ އަޑުއެހުންތައް ދެވަނަ ފަހަރަށް ނިންމާލައިފި

ސަން

20 ޖެނުއަރީ 2026 | އަންގާރަ | 4:32

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑު އެހުންތައް، އަހަރެއްހާ ދުވަސް ފަހުން ދެވަނަ ފަހަރަށް ނިންމާލައިފިއެވެ.

މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެ މަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ތެރެއިން އުފަންވި ކޭސްއެއްގެ އިސްތިއުނާފު އަޑުއެހުމެކެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް ހައިކޯޓުން ނިންމިއެވެ. އެކަމަކު, އޭރު މައްސަލަ ބަލަމުން ދިޔަ ބެންޗު ބަދަލުވުމުން، މައްސަލަ ހުއްޓިފައި އޮތުމަށް ފަހު އަނެއްކާ ވެސް މައްސަލައިގެ އަޑު އެހުމެއް ބާއްވައި، އަލުން އަޑު އެހުންތައް ނިންމައިލީއެވެ.

މައުޟޫޢުތަށް