ހުޅުމާލޭގައި ދިރާގުގެ އާ ޕާޓްނަރު ފިހާރައެއް
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 3:58
ދިރާގުގެ އާ ޕާޓްނަރު ފިހާރައެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވައިފިއެވެ.
މި ފިހާރައިގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް ދިރާގުގެ ޚިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުވަނދުމާ ހިނގުމުގައި ހުންނަ މޯލްޑިވްސް ސާވިސް ފިހާރައިން މިހާރު ދިރާގުގެ ޚިދުމަތްތައް ލިބޭނެއެވެ. މި ސަރަހައްދަކީ އާބާދީ އިތުރުވަމުން އަންނަ ސަރަހައްދެއް ކަމަށްވެފައި، މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ދިރާގުގެ ޚިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާ އެކު ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.