ބީއެމްއެލްއިން މަމްސް އެއިޑްގެ 'ބެކް ޓު ސްކޫލު' ކެމްޕޭނަށް 100،000 ރުފިޔާ
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 4:11
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
މި ކެމްޕޭނަކީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ހިންގާ ކެމްޕޭނެކެވެ.
މި ކެމްޕޭނުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.