ޓްރީޓޮޕުގައި ސާވިކަލް ކެންސަރު ސްކްރީނިން ޕެކޭޖުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 4:25
ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ބަލި ދެނެގަތުމަށް ކުރާ ސްކްރީނިންއަށް ބާރުއެޅުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލުން ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ކުރިއަށްގެންދާ މި ޕުރޮމޯޝަންގެ ދަށުން، އެ ހޮސްޕިޓަލުގެ 'ސާވިކަލް ކެންސަރު ސްކްރީނިންގް ޕެކޭޖް'އިން 15 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ޓްރީޓޮޕުން ވަނީ ނިންމާފައެވެ.
އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ މަގުސަދަކީ ސާވިކަލް ކެންސަރާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމާއި މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ކުޑަކޮށް، ވީހާ ވެސް ގިނަ އަންހެނުންނަށް ސްކްރީންކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.