ސެޓްލްމަންޓް އެއްބަސްވުމަކަށް ފައިސާ ނުދީގެން އިންޑިއާ ކުންފުންޏަކުން ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 6:45
ރައީސް ޔާމީންގެ ވެރިކަމުގައި، ތ. ވޭމަންޑޫއާއި ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަން ހަވާލުކުރި އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ނުދައްކައިގެން އިންޑިއާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާކޮށްފިއެވެ.
މިއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވޭމަންޑޫއާއި ނައިފަރުގައި ނަރުދަމާ ނިޒާމު ގާއިމުކުރަން ހަވާލުކުރި އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ނުދައްކާ އޮތް މައްސަލައެއްގައި އެމްޑީޕީ ސަރުކާރުން ހެދި ސެޓުލްމަންޓް އެއްބަސްވުމަކަށް މި ސަރުކާރުން އަމަލު ނުކުރުމުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ.
2017 ވަނަ އަހަރުގެ މި ޕްރޮޖެކްޓާ ގުޅިގެން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނީ އިންޑިއާގެ އެލްއީ ޓްރިވޭނީ ޖޭވީ ކިޔާ ކުންފުންޏަކުންނެވެ.