މިހާރުގެ ކުދިން ދިވެހި ބަހާ ދުރުހެލިއިރު އިނގިރޭސި ބަސްމޮށުންތެރިކަން އޮތީ ވެސް އެންމެ އެދެވޭ ހާލަތުގައެއް ނޫން: އުގައިލް

ސަން

20 ޖެނުއަރީ 2026 | އަންގާރަ | 7:38

ދިވެހި ކުޑަކުދިން ހަގީގަތުގައި މުއާމަލާތުކުރަނީ ދިވެހިބަހުންތޯ ނުވަތަ އިނގިރޭސި ބަހުންތޯ ސުވާލު އުދައްވައި، ގައުމުގެ މިސްރާބު ހުރީ ކޮން ދިމާލަކަށްކަން ވެސް ނޭނގޭ ކަމަށް ވިދާޅުވެ، ޕްރޮފެސަރު ޙަސަން އުގައިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އުގައިލް 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގެ ކުޑަކުދިން މިއަދު އާންމުގޮތެއްގައި އިނގިރޭސި ބަހަށް ހޭލުންތެރިވަނީ ތަފާތު ވައްތަރުގެ ވީޑިއޯ ގޭމުތައް ކުޅެގެންނާއި ޔޫޓިއުބުން ގިނަ ވަގުތު ވީޑިއޯތައް ބަލައިގެން، އިންޓަނެޓުގެ ޒަރިއްޔާއިން ކަމަށެވެ.

އެއާ ޚިލާފަށް ދިވެހި ގޭބިސީތަކުގައި އާންމުކޮށް ބޮޑެތި މީހުންނާއި، އާންމުން ދުވަހުން ދުވަހަށް ވާހަކަ ދައްކައި އުޅެނީ ދިވެހިބަހުންކަން އުގައިލް ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް