މޫސުމީ ބަދަލުތަކުން އަރައިގަންނަން މަސައްކަތްކުރުމަށް އޯޕެކް ފަންޑާއެކު ފްރޭމްވޯކެއްގައި ސޮއިކޮށްފި
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 9:19
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށާއި، ތަރައްގީގެ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށްޓަކައި، ފިނޭންސް މިނިސްޓްރީއާއި އޯޕެކް ފަންޑާ ދެމެދު ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފްރޭމްވޯކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ޒަމީރު މި ފްރޭމްވޯކުގައި ސޮއިކުރެއްވީ، އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒުގައި ކަމަށެވެ.