ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އަތޮޅުތެރޭގެ ރައްޔިތުންގެ ބާރު ވެސް ކަނޑުވާލުން: ޖަމީލު

ސަން

20 ޖެނުއަރީ 2026 | އަންގާރަ | 10:45

ކުރީންސުރެ ވެސް ރަށްތަކާއި އަތޮޅުތައް ބަލަހައްޓާ ފަރާތުގެ ގޮތުގައި އޮތް އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އަތޮޅުތެރޭގެ ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އީފާސް ބޭނުންކުރުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ޕީއެންއެފްގެ ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަން (އީސީ)އާ ހިއްސާކުރުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޖަމީލު ވިދާޅުވީ ތަކުރާރުކޮށް ދައްކަން މިޖެހެނީ ލާމަރުކަޒީ ނިޒާމުން އަތޮޅު ކައުންސިލްތައް އުވާލި ބޭފުޅެއްގެ ވާހަކަ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އަރިސް ބޭފުޅެއް ކަމަށްވާ ޖަމީލް ވިދާޅުވީ، ކައުންސިލް އިންތިޚާބު ވެގެން ދާނީ ރައީސް މުއިއްޒުގެ ފުރިހަމަ ބެލުމުގެ ދަށުން ކުރިއަށް ގެންދާނެ އިންތިޚާބަކަށް ކަމަށާއި، އެމަނިކުފާނުގެ ބޭނުމަކީ އަތޮޅުތެރޭގެ ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށެވެ.

މައުޟޫޢުތަށް