ބީއެމްއެލުން ފަންޑުކޮށްގެން އަޅާ 3،000 ފުލެޓުގައި ކުރިއަށް އޮތް ދެ އަހަރުތެރޭ އުޅެވޭ ވަރު ވާނެ: މުއްޠަލިބު
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 11:40
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މި ސަރުކާރުން އިމާރާތްކުރާ 7،900 ފުލެޓުގެ ތެރެއިން ގައުމީ ބޭންކު ބީއެމްއެލުން ފަންޑުކޮށްގެން އިމާރާތްކުރާ 3،000 ފުލެޓަށް މި ދައުރު ނިމުމުގެ ކުރިން ވަދެވޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ "ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ތައާރަފުކޮށް، މިދިޔަ އާދީއްތަ ދުވަހު 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފައެވެ.
އޭގެ ތެރެއިން 3،000 ފުލެޓެއް އަޅަން ހަވާލުކުރީ ބީއެމްއެލުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑަށެވެ.