ޝަންގްރިއްލާ "ނަމަކަށް" ހުޅުވީ ސިޔާސީ ގޮތުން މަޖުބޫރުކޮށްގެން، އަދިވެސް އެތަނުގެ މަރާމާތެއް ނުނިމޭ: ދީދީ

ސަން

20 ޖެނުއަރީ 2026 | އަންގާރަ | 11:34

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވީ 'ނަމަކަށް' ކަމަށާއި، އަދިވެސް އެތަނުގެ މަރާމާތު އެއްކޮށް ނުނިމޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 30ގައި އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި ޝަންގްރިއްލާ ރިސޯޓު ވަނީ އަލުން ހުޅުވާލައިފައެވެ.

ނަމަވެސް އެ ރިސޯޓު ހުޅުވުމަށްފަހު ބަންދުކުރި ކަމަށް ވެސް މިފަހުން ވާހަކަތައް ދެކެވުނެވެ. އެހެންނަމަވެސް ޝަންގްރިއްލާ ގްރޫޕުން ވަނީ އެކަން ދޮގުވެސް ކޮށްފައެވެ.

މައުޟޫޢުތަށް