ދެ މީހަކަށް ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ، އެޗްޑީއެފްސީގެ "ރޯދައަށް ރީތި" ޕްރޮމޯޝަން ފަށައިފި

ސަން

21 ޖެނުއަރީ 2026 | ބުދަ | 1:24

ދެ މީހަކަށް ރިސޯޓެއްގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތު ލިބުމުގެ އިތުރުން، މެލޭޝިއާގެ ދެކޮޅު ޓިކެޓު ވެސް ދެ މީހަކަށް ލިބޭ، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ "ރޯދައަށް ރީތި" ޕްރޮމޯޝަން ފަށައިފިއެވެ.

އަންނަ މާރިޗު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވާން އެދޭ ނަމަ ޖެހޭނީ އެޗްޑީއެފްސީ ލައިޓް ފައިނޭންސިން ފެސިލިޓީއެއް ނަގާށެވެ.

އެޗްޑީއެފްސީގެ ލައިޓް ފައިނޭންސިން ފެސިލިޓީއަކީ ގޭތެރެ ޒީނަތްތެރިކުރުމަށާއި މަރާމާތުކުރުމުގެ އިތުރުން ގެއަށް ބޭނުންވާ ހިފާ ގެންގުޅޭ ތަކެއްޗާއި އެކިކަހަލަ ސާމާނު ގަތުމަށް އެ ކޯޕަރޭޝަނުން ދޫކުރާ އެންމެ ފަސޭހައިން އަދި އަވަހަށް ނެގޭ ފެސިލިޓީއެވެ.

މައުޟޫޢުތަށް