ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ: ރައީސް

ސަން

21 ޖެނުއަރީ 2026 | ބުދަ | 9:33

ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ "އެކްސްޕްރެސް ކޯ ޔޫކޭ"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޗާގޯސް ރާއްޖެއަށް ލިބެން ޖެހޭ ކަމަށާއި އެކަމުގައި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

އެ ކަމުގެ ތަފުސީލުތައް ހާމަކުރެވެން ނެތްކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު މާ ބޮޑު ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް