މުސްތަގުބަލަށް ވިސްނައި، ދެމަފިރިންނަށް ވަކިވަކިން ބޯހިޔާވަހިކަން ދިނުން ރަނގަޅެއް ނޫން: މިނިސްޓަރު

ސަން

21 ޖެނުއަރީ 2026 | ބުދަ | 11:01

މުސްތަގުބަލުގައި ވާނެ ގޮތަކަށް ވިސްނައި، ދެމަފިރިންނަށް ވަކިން ބޯހިޔާވަހިކަން ލިބޭ ގޮތަށް ހެދުމަކީ ދައުލަތުގެ މުދާ ރަނގަޅަށް ބޭނުންކުރުން ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލާފައެވެ. އެ ސްކީމުގެ ތެރެއިން 7،900 ފުލެޓާއި 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.

އެހެން އެކަން އޮއްވައި، ދެމަފިރިއަކަށް އެންމެ ބޯހިޔާވަހިކަމެއް ލިބުމަކީ އިންސާފެއް ނޫން ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އެއީ، ދެމަފިރިން ވަރިވެއްޖެނަމަ، އެ ބޯހިޔާވަހިކަން ލިބޭނީ ކޮންމެ ވެސް އެކަކަށް ކަމަށްވާތީއެވެ.

މައުޟޫޢުތަށް