ފޯނެއް ވަގަށް ނެގި މީހަކު، ފަސް މަހަށް ޖަލަށް

ސަން

21 ޖެނުއަރީ 2026 | ބުދަ | 11:39

ގެއަކަށް ވަގަށް ވަދެ، އެ ގޭގައި ދިރިއުޅޭ ބިދޭސީ މީހެއްގެ ފޯނު ވަގަށް ނެގި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި ހާދިސާ ހިނގީ އޮކްޓޫބަރު 22، 2024 ގައެވެ. މި މައްސަލައިގައި ހއ. މޮޅަދޫ، އާޒާދު، އަހުމަދު އަބްދުﷲގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.

ދައުވާގައި ވާގޮތުން އެ މީހާ ވަނީ ބަންގްލަދޭޝް މީހަކު ދިރިއުޅޭ ކޮޓަރިއަށް ވަގަށް ވަދެ، ބާލީސް ކައިރީގައި ބާއްވާފައި އޮތް ވީވޯ ބްރޭންޑްގެ ފޯނެއް ވަގަށް ނަގާފައެވެ.

މައުޟޫޢުތަށް