ޝަފްރާޒާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ކަނޑު އަޑީގެ ރިކޯޑެއް ހަދަން ތައްޔާރުވެއްޖެ
ސަން
21 ޖެނުއަރީ 2026 | ބުދަ | 12:12
ވިޒިޓް މޯލްޑިވްސްއާއި މަޝްހޫރު ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން ކަނޑު އަޑީގެ ރިކޯޑެއް ހެދުމުގެ ހަރަކާތަކަށް ތައްޔާރުވެއްޖެއެވެ.
އެއީ، ތިން އަތޮޅެއްގައި ކަނޑު އަޑިން ދަތުރުކޮށް، ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހޯދުމަށް ހިންގާ މި އަހަރުގެ 'އެކްރޮސް މޯލްޑިވްސް' ހަރަކާތެވެ.
އަންނަ ހުކުރު ދުވަހު ފަށާ މި ހަރަކާތުގައި 15 ދުވަހުގެ ތެރޭގައި 55 ފަހަރު ފީނާނެ ކަމަށާއި 450 ކިލޯ މީޓަރަށް ވުރެ ދިގު ރާސްތާއެއްގައި ކަނޑު އަޑިން ދަތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.