"އުކާލާ އެއްޗެއް ކަމަށް" ނަރުތަކެއް ވަގަށް ނެގި މީހަކު ގޭބަންދުކޮށްފި
ސަން
21 ޖެނުއަރީ 2026 | ބުދަ | 12:01
އިމާރާތްކުރަމުންދިޔަ ގެއެއްގައި ބަހައްޓާފައި ހުރި ކަރަންޓު ނަރުތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހަކު، ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޑިސެންބަރު 12، 2024 ގައި ހިނގި މި ހާދިސާއާ ގުޅިގެން ދައުވާކޮށްފައިވަނީ މ. ކަކޮޅަސް، މުހައްމަދު އަލްތާފްގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ ވައްކަންކުރުމާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ދައުވާގައި ވާގޮތުން އޭނާ ވަނީ ހަދަމުންދިޔަ ގެއަކަށް ވަދެ، އެ ތަނުގައި ހުރި 2.5 އެމްއެމްގެ ދެ ކަރަންޓު ނަރު ރޯލާއި، 1.5 އެމްއެމްގެ ނަރު ރޯލެއް ވަގަށް ނަގާފައެވެ.