ފަލަސްތީނަށް އެހީވާ އަންރުވާގެ އިމާރާތް އިސްރާއީލުން ތަޅާލުން ރާއްޖޭން ކުށްވެރިކޮށްފި

ސަން

21 ޖެނުއަރީ 2026 | ބުދަ | 1:30

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކް އެޖެންސީ (އަންރުވާ) ހިންގާ އިމާރާތް އިސްރާއިލުން ތަޅާލުން ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.

ޝެއިޚް ޖައްރާ ސަރަހައްދުގައި ހުންނަ އެ އިމާރާތް ތަޅާލުމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުގެ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

އެ ފަދަ ކަންކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު މިހާރަށް ވުރެ ގޯސްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މައުޟޫޢުތަށް