ވުޖޫދުގައި ނެތް ފުލެޓާއި ގޯއްޗަށް ހުޅުވާލުމަކީ އިންތިޚާބަށް ޖައްސާ ސްކޭމެއް: ދީދީ
ސަން
21 ޖެނުއަރީ 2026 | ބުދަ | 2:09
ވުޖޫދުގައި ނުވެސް ނެތް ފުލެޓުތަކަކާއި ގޯތިތަކަކަށް ހުޅުވާލި ފުރުސަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ހިންގާ ސްކޭމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ 15،000 ގޯއްޗާއި 7،900 ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، ސަރުކާރަށް މިވީ ދެ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެއްވެސް ފުލެޓެއްގެ ބިންގާ އެޅިފައިނުވާ ކަމަށެވެ. އަދި، އެއްވެސް އެ ފަދަ މަޝްރޫއަކަށް ފައިސާ ލިބޭނެކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ވިދާޅުވެ، އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.