ދިރާސީ އަހަރަށް، އަތޮޅުތަކުން 1،500 އަށް ވުރެ ގިނަ ދަރިވަރުން މާލެ ސަރަހައްދަށް!
ސަން
21 ޖެނުއަރީ 2026 | ބުދަ | 4:08
އަންނަ އަންގާރަ ދުވަހު ފަށާ، ދިރާސީ އަހަރަށް 1،500 އަށް ވުރެ ގިނަ ދަރިވަރުން މާލެ ސަރަހައްދަށް ބަދަލުކޮށްދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނަ ދަރިވަރުން ބަދަލުކޮށްދީފައިވަނީ ހުޅުމާލެއަށެވެ. މި ގޮތުން، އަތޮޅުތަކުން 753 ދަރިވަރުން ހުޅުމާލެއަށް ބަދަލުވިއިރު، މާލެއަށް ވަނީ 694 ދަރިވަރުން ބަދަލުކޮށްދީފައެވެ.
އޭގެ އިތުރަށް، ވިލިމާލެއަށް 83 ދަރިވަރުން، އަތޮޅުތެރެއިން ބަދަލުކޮށްދިނެވެ. އެއީ، ޖުމުލަ 1،530 ދަރިވަރުންނެވެ.