އެފްޑީސީ ފުލެޓުތަކަށް ކަރަންޓު ދޭން ހުރިހާ ކަމެއް ނިމިއްޖެ
ސަން
21 ޖެނުއަރީ 2026 | ބުދަ | 4:28
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރި، 4،000 ފުލެޓަށް ކަރަންޓު ދިނުމަށް ކުރި ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
މިހާރު އޭގެތެރެއިން ބައެއް ފުލެޓުތަކުގައި މީހުން ދިރިއުޅެމުން އަންނައިރު، ސްޓެލްކޯއިން މިއަދު ބުނީ އެ ފުލެޓުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރަށް، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.