'ދަ ލެގަސީ'ގައި ދަރުސް ދެއްވުމަށް ޝައިޚް ނަވައިދު ރާއްޖެ ވަޑައިގެންފި

ސަން

21 ޖެނުއަރީ 2026 | ބުދަ | 6:16

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ"ގެ މިއަހަރުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ އިލްމުވެރިޔާ، ޝައިޚް ނަވައިދު ޢަޒީޒް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޕީސް ފައުންޑޭޝަނުން ބުނީ، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޝައިޚް ނަވައިދު ރާއްޖޭގައި ވަގުތު ހޭދަކުރައްވާނެ ކަމަށެވެ.

ދަ ލެގަސީގެ މިއަހަރުގެ ޝިއާރަކީ "ގުޅުންތައް އާލާކުރުން" ކަމަށްވާއިރު، ފަސް ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. އެއީ، މާލެއާއި ހުޅުމާލޭގައި ބާއްވާ ބޮޑު ދެ ދަރުހުގެ އިތުރުން ދެ ވޯކްޝޮޕަކާއި ފެމިލީ ޑިނާ ނައިޓެކެވެ.

މައުޟޫޢުތަށް