ދަނޑުވެރިން އުފައްދާ ތަކެތި ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް މާލޭގައި ގާއިމްކުރަނީ
ސަން
21 ޖެނުއަރީ 2026 | ބުދަ | 7:33
އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް މާލޭގައި ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، މި މާރުކޭޓު ތައްޔާރުކުރަނީ ކަމާ ގުޅުންހުރި އިދާރާތަކުގެ އެއްބާރުލުމާ އެކު ކަމަށެވެ.
މިނިސްޓްރީން ބުނީ، ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ ރަށްރަށުގެ ދަނޑުތަކުން އުފައްދާ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެވޭ މަހެއް ކަމަށެވެ. އެހެންވެ، ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެ، ވަގުތީ މާރުކޭޓެއް މާލޭގައި ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، މިނިސްޓްރީން ބުންޏެވެ.