"ވޯލްޑް ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސަން

21 ޖެނުއަރީ 2026 | ބުދަ | 9:36

"ވޯލްޑް ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނެއްގައި މިރޭ ބުނީ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ"އަކީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދޭ އިނާމެއް ކަމަށެވެ.

މި އިނާމު ދޭނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށާއި، މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މައުޟޫޢުތަށް