މާލޭ އޭރިއާގެ ތިން ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލްއަށް
ސަން
21 ޖެނުއަރީ 2026 | ބުދަ | 10:38
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މާލެ ސަރަޙައްދުގައި ގާއިމުކުރާ ތިން ސްޕޯޓްސް ކޮމްޕްލެކްސް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ހަވާލުކޮށްފިއެވެ.
މާލެ ސަރަޙައްދުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރަނީ ހުޅުމާލެ ފޭސް އެކެއް، ހުޅުމާލެ ފޭސް ދޭއް އަދި ވިލިމާލޭގައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ. ކުޅިވަރު ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ.