އައްޑޫގައި ދެމީހެއްގެ މެދުގައި މާރާމާރީއެއް ހިނގައިފި

ސަން

21 ޖެނުއަރީ 2026 | ބުދަ | 10:54

އައްޑޫ ސިޓީ، ހިތަދޫގައި ދެމީހެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ، ހިތަދޫ، ނޫރަލީ މަގުން ސައިކަލެއްގައި ދިޔަ މީހަކު، އެ މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ޖަހައި، މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެއްވެސް މީހަކަށް ބޭރުފުށުން ފެންނަން ހުރި އަނިޔާއެއް ނުވަތަ ޒަޚަމެއް ވެސް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް