ކޮރަޕްޝަންގެ ތުހުމަތުގައި ރިޝްވާންގެ މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަނަށް

ސަން

22 ޖެނުއަރީ 2026 | ބުރާސްފަތި | 9:31

ކޮރަޕްޝަންގެ މައްސަލައެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މިހާރުގެ ސީއީއޯ، އަދި ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވައިފިއެވެ.

ޑިއުޓީ ޕްރޮސެކިއުޝަނަކީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުން ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ކުރިން ކުރިއަށް ގެންދާ މަރުހަލާއެވެ.

މިކަމާ ގުޅިގެން އޭސީސީއާ ތަކުރާރުކޮށް ސުވާލުކުރުމުން އެ ކޮމިޝަނުން ބަހެއް ނުބުނި ނަމަވެސް، ރިޝްވާންގެ މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަނަށް އަންގާރަ ދުވަހު ލިބިފައިވާކަން ކަށަވަރުކޮށްދީ 'ސަން'އިން ސުވާލުކުރުމުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އޭސީސީން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް ކަމަށެވެ.

މައުޟޫޢުތަށް