އައިވީއެފް އެހީއަށް 135 ދެމަަފިރިން އެދުނު، ޝަރުތު ހަމަވީ 39 މީހުން

ސަން

22 ޖެނުއަރީ 2026 | ބުރާސްފަތި | 10:32

އައިވީއެފްގެ ފަރުވާ އަމިއްލައަށް ކުރުމަށް ދަތިވެ، ދައުލަތުގެ އެހީއަށް އެދުނު 135 ދެމަފިރިންގެ ތެރެއިން 39 ދެމަފިރިންގެ ޝަރުތު ހަމަވެފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އިއްޔެ ބުނެފިއެވެ.

އެ ފަރުވާ ކުރުމަށް ދައުލަތުގެ "ފާޓިލިޓީ ކެއާ ފަންޑު"ގެ އެހީއަށް އެދުމަށް ހުޅުވާލީ، މިދިޔަ ނޮވެންބަރު 20ގައެވެ. އެ މުއްދަތު ހަމަވީ، ނިމުނު ޑިސެމްބަރު 20 އަށެވެ.

އޭގެ ފަހުން އިއްޔެ އެންސްޕާއިން ބުނީ، އެ މުއްދަތުގެ ނިޔަލަށް 135 ދެމަފިރިން ފޯމު ހުށަހެޅި ކަމަށެވެ. އެކަމަކު، އުސޫލުގެ ތެރެއިން ޝަރުތު ހަމަވީ، 39 ފަރާތަކަށް ނުވަތަ ދެމަފިރިންނަށް ކަމަށް ބުނެ، އެ މީހުންގެ ވަގުތީ ލިސްޓު އެންސްޕާއިން ވަނީ އާންމުކޮށްފައެވެ.

މައުޟޫޢުތަށް