ތައުލީމީ ޚިދުމަތްތެރިޔާ އައިންތު މިސް ނިޔާވެއްޖެ

ސަން

22 ޖެނުއަރީ 2026 | ބުރާސްފަތި | 10:17

ގިނަ އަހަރުތަކެއް ވަންދެން ތައުލީމީ ދާއިރާއަށް ޚިދުމަތްކޮށްދެއްވި އާމިނަތު ހަސަން (އައިންތު މިސް) މިއަދުގެ ނިޔާވެއްޖެއެވެ.

ތައުލީމީ ދާއިރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި އައިންތު މިސް، އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވީ އަމީނިއްޔާ ސްކޫލުގައެވެ. އޭނާއަކީ ދިވެހި މުދައްރިސެކެވެ. ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރެއްވީ އެ މާއްދާ އުނގަންނައިދެއްވުމުގައެވެ.

އެނގިފައިވާ ގޮތުގައި އައިންތު މިސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށެވެ. ފަރުވާ ހޯއްދަވާތާ އަހަރެއްހާ ދުވަސްވެފައިވާކަން ވަނީ އެނގިފައެވެ. ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ހޯއްދަވަނިކޮށެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 58 އެކެވެ.

މައުޟޫޢުތަށް