ހޮނިހިރު ދުވަހު މަސްދަޅު ކޭސް ބަހަން ފަށާނެ، ކިއޫގައި ޖެހޭކަށް ނުޖެހޭނެ: މިނިސްޓަރު
ސަން
22 ޖެނުއަރީ 2026 | ބުރާސްފަތި | 11:53
އަންނަ ހޮނިހިރު ދުވަހުގެ ރޭ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް ބަހަން ފެށޭނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި އަހަރު 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހާނެ ކަމަށެވެ. އެއީ، އަތޮޅުތަކުގެ ރަށްތަކުގެ 56،918 ގޭބީސީއާއި މާލެ ސަރަހައްދުގައި ހިމެނޭ 61،755 ގޭބީސީއެވެ.
އެ މަސް ކޭސްތައް ބަހަން ފަށާނީ ހޮނިހިރު ދުވަހުގެ ރޭ 08:30ގައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 11:00 ހަމައަށް މަސް ކޭސް ބަހަން ހަމަޖެހިފައިވާއިރު، އުންމީދަކީ އަންނަ މަހު 11އަށް މަސް ކޭސް ބަހާ ނިންމާލުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.