މޯލްޑިވް ގޭސް މައުމޫނާ ދެކޮޅަށް ކުރި ރިޝްވަތުގެ 5 ދައުވާ ސާބިތެއް ނުވި

ސަން

22 ޖެނުއަރީ 2026 | ބުރާސްފަތި | 12:30

ކޮރަޕްޝަންގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ހިފުމުގެ ހަތް ދައުވާގެ ތެރެއިން ބާކީ އޮތް ފަސް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މައުމޫންގެ މައްޗަށް ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުންނެވިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވާފައެވެ.

އެކަމަކު، ބާކީ އޮތް ފަސް ދައުވާ ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

މައުޟޫޢުތަށް