އެމްޑީޕީގެ ބޮޑު ތުހުމަތެއް: އީސީގެ ޕޯޓަލްގެ އެކްސެސް ޕީއެންސީއަށް އެބައޮތް

ސަން

22 ޖެނުއަރީ 2026 | ބުރާސްފަތި | 1:53

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހަޅާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލަށް ވަދެ، މައުލޫމާތުތައް ބެލުމުގެ ބާރު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް އޮންނަ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވިދާޅުވީ، އީސީގެ ތެރޭގައި ކައުންސިލް އިންތިޚާބާ ގުޅޭ ބައެއް ކަންކަން ހިނގާކަން ޔަގީންވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް އީފާސް މެދުވެރިކޮށް ތާއިދުކުރުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ލިބޭ ކަމަށެވެ. އެއީ، ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

މައުޟޫޢުތަށް