ތަފާތު ތަޖުރިބާތަކަށް ފަހު، ޒިކުރާ ކޮލެޖުގެ ދަރިވަރުން ތުރުކީއަށް ކުރި ދަތުރު ނިންމާލައިފި
ސަން
22 ޖެނުއަރީ 2026 | ބުރާސްފަތި | 3:05
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުން މި މަހުގެ 14 ގައި ތުރުކީވިލާތުގެ އިސްތަންބޯލަށް ކުރި އެކްސްޕޯޝާ ދަތުރު ނިންމާލައި، އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
އެ ކޮލެޖުގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒުގެ ފަރާތުން ހިންގާ ތަފާތު އެކިއެކި ޕުރޮގްރާމްތަކުގައި ކިޔަވަމުން އަންނަ 21 ދަރިވަރުންނާއި ކޮލެޖުގެ މުވައްޒަފުންނާ އެކު، ޖުމުލަ 27 މީހުން މި ދަތުރުގައި ބައިވެރިވިއެވެ.
ޒިކުރާ ކޮލެޖުގެ ދަރިވަރުން ތުރުކީއަށް ކުރި ދަތުރުގެ ތެރެއިން: ބައިވެރިން މިހާރު ވަނީ އެނބުރި ރާއްޖެ އައިސްފައި -- ފޮޓޯ/ ޒިކުރާ ކޮލެޖް