ލޭ ލިބުން ދަތިވެ، އެމްބީއެސްއިން އާންމުންގެ އެހީއަށް އެދިއްޖެ
ސަން
22 ޖެނުއަރީ 2026 | ބުރާސްފަތި | 8:52
ބްލަޑް ބޭންކުގައި ހުރި ލޭ މަދުވެ، ލޭ ލިބުން ދަތިވުމުގެ ސަބަބުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން ލޭ ހަދިޔާކޮށްދޭން އެދިއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބްލަޑް ސާވިސަސްއިން ބުނީ، ލޭގެ ހުރިހާ ގްރޫޕަކުން ވެސް ލޭ ކޮންމެހެން ބޭނުން ކަމަށެވެ.
އެގޮތުން، އޭ ޕޮޒިޓިވް، ބީ ޕޮޒިޓިވް، އޭބީ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޭ ނެގެޓިވް، އަދި އޯ ނެގެޓިވް، މި ގްރޫޕުތަކުގެ ލޭ ހަދިޔާކޮށްދިނުމަށް އެ ޚިދުމަތުން ވަނީ އެދިފައެވެ.