ކައުންސިލް އިންތިޚާބަށް އާންމުން ހޭލުންތެރިކުރުވަން އީސީން ބާއްވާ ޓިކްޓޮކް މުބާރާތުގެ މުއްދަތު އިތުރުކޮށްފި
ސަން
22 ޖެނުއަރީ 2026 | ބުރާސްފަތި | 11:44
"ރަށުގެ ކުރިމަގު"ގެ ނަމުގައި، މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބާއްވާ ޓިކްޓޮކް މުބާރާތުގެ މުއްދަތު އިތުރުކޮށްފިއެވެ.
އީސީން އެންމެ ފުރަތަމަ އިއުލާނުކުރީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މި މަހުގެ 10ވަނަ ދުވަހުގެ މެންދުރު 14:00 ޖެހުމުގެ ކުރިން ވީޑިއޯތައް ކޮމިޝަނަށް ފޮނުވުމަށެވެ.
ނަމަވެސް އެ މުއްދަތު މިހާރު މިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އީސީން ބުނީ، އެ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވީޑިއޯތައް އެ ކޮމިޝަނަށް ފޮނުވަން ވާނެ ކަމަށެވެ.