އަހަރުގެ ފުރަތަމަ ތިން ހަފުތާގައި 149،447 ފަތުރުވެރިން އަތުވެއްޖެ، 69 އިންސައްތަ ފަތުރުވެރިން ދިޔައީ ރިސޯޓުތަކަށް

ސަން

23 ޖެނުއަރީ 2026 | ހުކުރު | 12:01

މިއަހަރުގެ ފުރަތަމަ ތިން ހަފުތާތެރޭ 149،447 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރެއިން 69 އިންސައްތަ ފަތުރުވެރިން ޒިޔާރާތްކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓުތަކަށްކަން ތަފާސްހިސާބުން ދައްކައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް 149،447 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ ހަތް އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައި ވަނީ 139،682 ފަތުރުވެރިންނެވެ.

މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. އެގޮތުން 103،067 ފަތުރުވެރިން ރިސޯޓުތަކަށް ދިޔައިރު އެއީ އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ 69 އިންސައްތައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ގޮސްފައި ވަނީ ގެސްޓްހައުސްތަކަށެވެ. އެގޮތުން 39،003 ފަތުރުވެރިން ގެސްޓްހައުސްތަކަށް ދިޔައިރު އެއީ 26.1 އިންސައްތައެވެ. ހޮޓެލްތަކަށް 4،109 ފަތުރުވެރިން ދިޔައިރު އެއީ 2.7 އިންސައްތައެވެ. ހަމައެއާއެކު 3،119 ފަތުރުވެރިން ވަނީ ސަފާރީތަކަށް ގޮސްފައެވެ. އެއީ ބާކީ 2.1 އިންސައްތައެވެ.

މައުޟޫޢުތަށް