ނިމުނު އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިން

ސަން

23 ޖެނުއަރީ 2026 | ހުކުރު | 12:24

ނިމުނު އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިންކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމުނު 2025 ވަނަ އަހަރު އެ އެއާޕޯޓުން ވަނީ 8.28 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދީފައެވެ.

އޭގެތެރޭގައި އިންޓަނޭޝަނަލް ޓާމިނަލުން ޚިދުމަތް ދީފައި ވަނީ 5.38 މިލިއަން ފަސިންޖަރުންނަށެވެ. ޑޮމެސްޓިކް ޓާމިނަލުން 1.17 މިލިއަން ފަސިންޖަރުންނަށް އަދި ސީޕްލޭން ޓާމިނަލުން 1.73 މިލިއަން ފަސިންޖަރުންނަށް ވަނީ ޚިދުމަތް ދީފައެވެ.

މައުޟޫޢުތަށް