"ޖަލީލު، މޭޔަރު މުއިއްޒުގެ ފިޔަވަޅު މަތިން ހިންގަވާނެ ކަމަށް ބުނުމުން ދިޔައީ ސިއްސައިގެން، އެހިސާބުން އެހުރީ ފެއިލްވެފައި"

ސަން

23 ޖެނުއަރީ 2026 | ހުކުރު | 1:45

މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިޔަވަޅު މަތިން ހިންގަވައި، މާލޭގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލު ވިދާޅުވުމުން ދިޔައީ "ސިއްސައިގެން" ކަމަށާއި، އެހާހިސާބުން ފެށިގެން ޖަލީލު އެހުރީ "ފެއިލްވެފައި" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ޖަލީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ގައުމީ ޚިދުމަތުގައި ސިފައިންގޭގައި ހުންނެވިއިރު، ޖަލީލު ވަނީ ރައްޔިތުންގެ އިހުތިރާމް ކަށަވަރުކުރައްވާފައި ކަމަށާއި އެހެންނަމަވެސް އެ އިހުރިތާމް މިހާރު ދެމި އޮންނަން ޖެހޭނެތޯ އެމަނިކުފާނު ވަނީ ސުވާލުއުފައްދަވައިފައެވެ.

މައުޟޫޢުތަށް